މަނަދޫ ކަމަނަ ދައިތަ ނުވަތަ ކަމަނަ މާމަގެ
ބައްޕައަކީ މަނަދޫ ދޮންޢަލީ ތަކުރުފާނެވެ. އެއީ ރަދުންގެ ލަޝްކަރުގައި ހިމެނޭ ހަގުބޭކަލުންގެ
ތެރޭގައި މަތި ފެންވަރުގައި އުޅުއްވި ބޭކަލެކެވެ. ކަމަނަ ދައިތަގެ މަންމައަކީ ވަޑި
މޫސާފުޅުގެ ދަލޭކާފުޅެވެ. ވަޑި އާއިލާއަކީ މާލޭގައި މަޝްހޫރު އާއިލާއެކެވެ. ކަމަނަ ދައިތަގެ ބައްޕަ ވަޑި މޫސާފުޅުވަނީ
ހެންވޭރު ބަންޑާރަ އެދުރުގެ މަޤާމު އަދާކުރައްވާފައެވެ. ކަމަނަ ދައިތަ އުފަންވީ
1871 ވަނަ އަހަރުގައެވެ. އޭރު ރާއްޖޭގެ ތަޚްތުގައި އިންނެވީ އައްސުލްޠާން
މުޙައްމަދު މުއީނުއްދީން (2 ވަނަ) އެވެ. ކަމަނަ ދައިތަގެ އުމުރުން ދެ މަހުގައި
މަންމަ ނިޔާވިއެވެ. ކަމަނަ ދައިތަ ބަލާ ބޮޑުކުރީ މަނަދޫ ދޮންޢަލީ ތަކުރުފާނުގެ
އާއިލާގެ މީހުންނެވެ. ބައްޕަ ފަރާތުގެ ބޮޑު ބޭބެއާއި ބޮޑު ދައިތައާ ދެބެންނެވެ.
Friday, March 28, 2014
Wednesday, March 26, 2014
"ހަފްތާ ޚަބަރު": ރާއްޖޭގެ ސްކޫލަކުން ރަޖިސްޓްރީ ކޮށް، ޗާފްކޮށްގެން ނެރުނު ފުރަތަމަ ނޫސް
![]() |
ހަފްތާ ޚަބަރު: ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަދުގެ ހެޑަރ |
ހަފްތާ ޚަބަރަކީ
ހަފްތާއަކު އެއް ފަހަރު ނެރެމުން ދިޔަ ހަފްތާ ނޫހެކެވެ. މަނަދޫގައި ހުންނަ ނ.
އަތޮޅު އަތޮޅު މަދަރުސާއިން މި ނޫސް ފުރަތަމަ ނެރެންފެށީ 28 އޭޕްރީލް 1984 ގައެވެ.
އޭރު އެއީ އަތުން ލިޔެގެން ނެރޭ ނޫހެކެވެ. މިގޮތުގައި މެދު ނުކެޑި އެއް އަހަރު
ދުވަހު މި ނޫސް ނެރުނެވެ. އޭރު ނޫސް ކިޔަން ބޭނުންވާ ފަރާތްތައް އިތުރުވުމުން
ބައެއް އަދަދުތައް ތިން ކޮޕީ ނުވަތަ ފަސްކޮޕީ އަދި ހަކޮޕީވެސް އަތުން ލިޔެގެން
ނެރެމުން ދިޔައެވެ. އޭރު އެ މަސައްކަތަކީ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާއި
ސްކޫލް ހިންގަވަން ތިއްބެވި ވެރިން ބައިވެރިވެގެން ޓީމެއްގެ ގޮތުގައި ކުރަމުންދާ
ބޮޑު މަސައްކަތެކެވެ. ޚާއްޞަ މަސައްކަތެކެވެ. ބުރަ މަސައްކަތެކެވެ.
Friday, March 21, 2014
"ސިފަވަރު"ގެ ނަން ހުށަހެޅީ އަޅުގަނޑު
![]() |
ސިފަވަރުގެ ދިދަ ޕޯސްޓް |
ދިވެހިރާއްޖޭގެއަށް އަލަށް މިއަދު އިތުރުވެގެންދިޔަ ރަށަކީ "ސިފަވަރު" އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މާލެއަތޮޅު އުތުރު ތިލަފަޅުގައި ހިއްކި ރަށެކެވެ. އެރަށް ހިއްކައި އެތަނަށް މިއަދު (21 މާޗް 2014 ވީ ހުކުރު ދުވަހު) ނަންދެއްވައި އެރަށް ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއަށް އިތުރު ކުރައްވައިފިއެވެ. މި މުހިންމު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ރަށުގެ ނަން އިޢުލާންކޮށް ދެއްވީ ނުވަތަ ރަށުގެ ނަން ކަޝްފު ކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
Subscribe to:
Posts (Atom)
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...