![]() |
ލަންދޫ ގައު: މިއީ ރާއްޖޭގެއިން ފެނިފައިވާ އެންމެ ދުވަސްވީ ލިޔުން ހިމެނޭގައު |
ލަންދޫން ފެނުނު ގަލަކީ މީލާދީން 6 ވަނަ ގަރުނުގެ
ލިޔުމެކެވެ. މިއީ ރާއްޖޭގައި ފެންނަންއޮތް އެންމެ ދުވަސްވީ ލިޔުމެވެ. މިއީ
ރާއްޖޭގައި ލިޔަންކިޔަން ފެށުނު ދުވަސްވަރު ބުނެދޭ ތާރީޚީ ގަލެވެ. ދިވެހިރާއްޖޭގެ
ތާރީޚީ އެންމެ ގިނަދުވަސްވީ ލިޔުމުގައި ބޭނުންކޮށްފައިވާ އަކުރަކީ މީލާދީން 6 ވަނަ
ޤަރުނުގައި ބޭނުންކޮށްފައިވާ ދެކުނު ބްރަހުމީ ނުވަތަ "ފަހުގެ ބްރަހުމީ" އަކުރެވެ.
މި އަކުރަކީ ދެކުނު އިންޑިޔާ އާއި ސްރީލަންކާ
އާއި ދެކުނު އިރުމަތީ އޭޝިއާގެ ރަށްރަށުގައި،
މީލާދީ ފަސް ވަނަ ޤަރުނާއި ހަތް ވަނަ ޤަރުނާ ދެމެދުގައި
ބޭނުންކޮށް އުޅުނު "ބުރަހުމީ" އަކުރުން އުފެދިފައިވާ އަކުރެކެވެ. މި
ދެންނެވި ޒަމާނަކީ، މާތްވެގެންވާ
އިސްލާމްދީނުގެ އަލިކަން މި އުންމަތަށް ލިބުމުގެ ކުރިއެވެ.