28
ސައްވާލް 1376 (28 މޭ 1957) ގައި އޭރުގެ ވަޒީރުލް މަޢާރިފް ޞާހިބުއްސަޢާދާ
އަލްއުސްތާޛު އިބްރާހީމް ޝިހާބު ނ. އަތޮޅަށް ފުރާވަޑައި ގެންނެވިއެވެ. އަރިހުގައި ވަޑައިގެންނެވީ
ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅުގެ ޢިއްޒަތްތެރި ދެ މެންބަރުންކަމަށްވާ
އަލްއަމީރު މުޙައްމަދު ނޫރައްދީނާއި، އަލްމުޙްތަރަމް ހޮޅުދޫ މޭނާ ކަލޭފާނުގެ
ދޮންމަނިކެވެ.
Friday, October 25, 2013
Wednesday, October 23, 2013
ޤައުމު ރޮނީ އެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟
ނުވިސްނެއެވެ. ނޭނގުނެވެ. އަހަރެންގެ ހަޔާތުގައި އުފަލާއި ހިތާމަ
އެކުލެވެއެވެ. މިއަދު މިދެކޭފަދަ ނާޒުކު އެތައް ދުވަހެއް ދެކުނީމެވެ. ޤައުމެއްގެ
ހަޔާތުގައި އިތުރަށް ކުރަންޖެހޭނެ އާ ތަޖުރިބާއެއް ނެތެކެވެ. އަޅުވެތިކަމެވެ.
އަޅުވެތިކަމުގެ ހިތި ހިތާމައާއި ހިތްދަތި ކަމެވެ. ރައްޔިތުންގެ ވޭނާއި ގިސްލުމުގެ
އަގު ގުގުމާފައިއޮތް ދުވަސްތަކެވެ. ދިވެހިންގެ ލޭގައި ހުރުމަތެއްނެތި ގޮތް
ހުސްވެފައިވާ ދުވަސްތަކެވެ. ބެލުމެއްނެތި ޙައްޤަކާނުލައި ދިވެހިންގެ ލޭ
އޮހޮރުވަމުން ދިޔަ ލާއިންސާނީ ދުވަސްތަކެވެ. ދިވެހިންގެ ޢިއްޒަތެއް އަބުރެއް
ނެތް ދުވަސްތަކެވެ. މިނިވަންކަމެވެ.
މިނިވަން ވަޔާއެކު ޤައުމީ ނިޝާން ވިހުރެމުންދިޔަ އުފާވެރި ދުވަސްތަކެވެ.
Friday, October 18, 2013
ކުޑައިރުގެ ހަނދާނެއް: ފެންވަރާ ސައިބޯނި
އަޅުގަނޑުމެން ބޮޑަތިވަމުން އައި ދުވަސްވަރަކީ
"ދިޔާ ސައިބޯނީގެ ޒަމާނެއް" ނޫނެވެ. އޭރު ހުންނަނީ ގަޑު ސައިބޯންޏެވެ.
އެ ސައިބޯނި އޮންނާނީ ސައިބޯނި ދަޅުގައެވެ. ސައިބޯނި ދަޅު ހުންނާނީ ވަޅު
ދެފަޅިއަށް ބައިކޮށްފައިވާ ފާރުގައި ހަރުކޮށްފައި ހުންނަ ފިލާކޮޅެއްގެ މަތީގައެވެ.
ބޮލުގަޔާއި ގައިގައިލާންވެސް ސައިބޯނި ފުދެއެވެ. ފިޔާތޮށި ކުލައިގެ ފާ ސޭންޕޫ
ފެންނަން ފެށީ ތަންކޮޅެއް ބޮޑުވި ފަހުންނެވެ. ސައިބޯނި ލަމުން ލަމުން ދިޔަ
ވަރަކަށް ދާނީ ގިރެމުން ތުނިވަމުންނެވެ. ސައިބޯނި ދެބައި ހަމައަށް ގިރޭއިރު ގިނަ
ސައިބޯނި ތަކުގައި ވަހެއް ނުހުންނާނެއެވެ. ސައިބޯނި ވަކިވަރަކަށް ތުނިވުމުން
އެންމެ ފަހުން ގުޅައަކަށް ވަށާލަން ޖެހެއެވެ. ދެން އޮންނާނީ ކަވާބެއްގެ ސިފައިގައެވެ.
Subscribe to:
Posts (Atom)
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...