![]() |
ލަންދޫ ގައު: މިއީ ރާއްޖޭގެއިން ފެނިފައިވާ އެންމެ ދުވަސްވީ ލިޔުން ހިމެނޭގައު |
Monday, December 30, 2013
ނ. އަތޮޅުގެ ތާރީޚް: ލަންދޫން މާބަދިގެއާއި އެރަށުން ފެނުނު އާސާރީ ގައު
Friday, December 27, 2013
ނ. އަތޮޅުގެ ތާރީޚް: ނ. އަތޮޅުގައި ތަޢުލީމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ބައެއް ބޭފުޅުން
Thursday, December 26, 2013
ނ. އަތޮޅުގެ ތާރީޚް: ފުރަތަމަ ބޯޑިންގ އަށް ދިޔަ ނ. އަތޮޅުގެ 2 ދަރިވަރުން
Wednesday, December 25, 2013
ނ. އަތޮޅުގެ ތާރީޚް: ނ. އަތޮޅު ކުރެދިވަރާއި ބޮމަސްދޫ ފަޅުވުން
ރައީސް ނާޞިރާއި ޓެކްސީ ޑްރައިވަރުން
Saturday, December 14, 2013
ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓާއި، ފަނޑިޔާރުކަން ކުރައްވާފައިވާ ބޭބޭ ފުޅުން
ދިވެހިރާއްޖޭގައި ވަކި އިދާރާއެއްގެ ގޮތުގައި ކޯޓުތައް އުފެދި އެތަންތަނުން ޢަދުލް އިންޞާފުގެ މުހިންމު ޚިދުމަތް ރައްޔިތުންނަށް ދެވެންފެށިފައިވަނީ ހިޖްރީ ސަނަތުން 1327 ވަނަ އަހަރުގައި ކަމަށްވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ޤަބޫލު ކުރުމާއެކުއެކީގައި ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ މަސައްކަތަށް ވެރިކަމުގެ ފަރާތުން ބޭފުޅުން ޢައްޔަންކުރެވި އެކަން ވަނީ އޭރުގެ ޙާލަތާ އެކަށޭނަ ގޮތަކަށް ހިނގަން ފަށާފައެވެ.
ނ. އަތޮޅުގެ ތާރީޚް ކުޑިގޭ ޢަބްދުއްލަޠީފުގެ ކުއްލި އަވަހާރަވުން
![]() |
މުޙައްމަދު ޢަބްދުއްލަޠީފް (ކުޑި ޢަބްދުއްލަޠީފް) |
Friday, December 13, 2013
ހަނދާނުގެ ފަތްފުށުން: ފުރަތަމަ ދާގަނޑުޖެހި ގޯލް
Monday, November 4, 2013
ލުޠުފީގެ އިންޓަރވިއު - "ޕްލޯޓް ޖަމާޢަތް ރާއްޖެ ގެނައި ލީޑަރުގެ ދުލުން"
ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ގެންދަވަނީ 17 ވަނަ ސާކް ސަމިޓް އެޤައުމުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ސައުތު އޭޝިއާ އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ އެންމެމަތީ ވެރިންގެ ބައްދަލުވުން މިމަހުގެ ކުރީކޮޅު ފެށޭއިރު މައުމޫނުގެ ވެރިކަމާ ދެކޮޅަށް ޢަބްދުﷲ ލުޠުފީ ދިން ޙަމަލާގެ ވާހަކަ ދައްކާލަމާ ހެއްޔެވެ. 1985 ވަނަ އަހަރު ސާކް އުފެދުނުއިރު ދިވެހިރާއްޖެއަކީ އެ ޖަމާޢަތުގެ ފައުންޑަރެކެވެ.
Sunday, November 3, 2013
ކުރު ވާހަކަ: އަންބަރާ
ޢަބްދުﷲ ސަޢީދު
މޫނާއި އަތްފައިގެ
އިނގިލިތަކަށްވަނީ ރޫޖެހިފައެވެ. ލޯވަނީ ވަޅުވަދެފައެވެ. ބޮލުގެ ހުރިހާ
އިސްތައްޓެއްވަނީ ނުރަވެފައެވެ. ކޮންމެ ދުވަހަކު މެންދުރު ނަމާދުކޮށްގެން މާމަ
ޤުރުއާން ކިޔަވައެވެ. ޤުރުއާން ކިޔަވަނީ މާމަގެ ސެމްސަންގް ގެލެކްސީ ޓެބްލެޓުންނެވެ.
ބޭނުން ވަރަކަށް އަކުރުތައް ޒޫމް ކޮށްލައިގެން ކިޔޭތީ މާމައަށް ފަސޭހައީއެވެ. އެކަމަކު
އެ ޓެބްލެޓް މާމަ ގެންގުޅޭގޮތުން ނާޝްގެ ހިތުގައި ވަރަށް ގިނަ ސުވާލު އުފެދެއެވެ. އެއާ
ކުޅެލަން ބޭނުންވެއެވެ. އެކަމަކު އެކަން އޮންނަނީ މާމަ މަނާކޮށްފައެވެ. އެތައް
ދުވަހަކު މާމަ ކައިރީގައި އެކަމާ ނާޝްވަނީ ޝަކުވާ ކޮށްފައެވެ. މިއަދަކީ އެ
ޝަކުވާތަކަށް ނިމުން އަންނާނެ ދުވަހެވެ.
"މިއަދު އަހަރެން އެ
ޙަޤީޤަތް ސާފުކުރާނަން" ނާޝް ދިޔައީ ހިތާހިތުން ކިޔަމުންނެވެ. އޭލެވެލް
އިމްތިޙާނުން ނާޝްވަނީ ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ
ތެރޭގައި ހިމެނިފައެވެ. އެޑެކްސެލް އޭލެވެލްގައި އެކައުންޓުން ސައްތައިން ސައްތަ
މާކްސް ހޯދައިގެން ދުނިޔޭގެ އެއްވަނަވެސް އޭނާ ހޯދިއެވެ. މަންމައާއި ބައްޕައާއެކު
ކާރުގައި ގެއަށް ދިޔައިރުވެސް ނާޝް އިނީ ވަރަށް އުފަލުންނެވެ.
"މަރުޙަބާ ދަރިފުޅާ"
ނާޝް ގެއަށް ވަންތަނުން މާމަ ބުންޏެވެ. ޒީނާ އިނީ މާމަ ދަރިފުޅު ވަނަތައް ހޯދި
މަންޒަރު ޓީވީން ބަލަން ގޭގައެވެ. ހަފްލާ ނިމުމުން އޭނާ ދިޔައީ ނާޝްއަށް
އިންތިޒާރު ކުރަމުންނެވެ. ނާޝް އައިގޮތަށް އައިސް ޒީނާގެ ގައިގައި ބައްދާލިއެވެ.
"މާމާ ކޮބާ
ޓެބްލެޓް؟" ނާޝް ބުނެލިއެވެ.
"ޓެބްލެޓް"
ޒީނާއަށް މަޑުމަޑުން ކިޔާލެވުނެވެ.
"ތެދެއް. އެތައް
އަހަރެއްގެ ދިގު އިންތިޒާރު ނާޝް އެ ފުރިހަމަކުރީ" ޒީނާ ހިތާ ހިތުން
ކިޔާލިއެވެ. ނާޝް އޭލެވެލް ނިންމުމުން ޓެބްލެޓް ދޭނެކަމަށް އެތައް ފަހަރަކު ޒީނާވަނީ
ބުނެފައެވެ.
"ކިހިނެއްބާ
ހަދާނީ؟" ޒީނާ ފިކުރުގެ ކަނޑަކަށް ޣަރަގު ވިއެވެ. އެކަމަކު އެކަން ނާޝްއަށް
އަންގާކަށް އޭނާ ބޭނުމެއް ނުވިއެވެ. މަޑުމަޑުން ޒީނާ ސޯފާގައި އިށީނެވެ. އަދި ހީލާފައި
ކުރިމަތީގައި ހުރި ތިރި މޭޒުމަތީގައި އޮތް ޓެބްލެޓް ނަގާ ނާޝްގެ އަތަށް ދިއްކޮށްލިއެވެ.
ދެ މާމައިންގެ ސިޓިންގ ރޫމުގައި ތިއްބެވެ. ނާޝްގެ މަންމައާ ބައްޕަވަނީ
ކޮޓަރިއަށެވެ.
އެތައް ދުވަހެއްގެ ދިގު
އިންތިޒާރަކަށްފަހު މާމަގެ ޓެބްލެޓް ލިބުމުން ނާޝް ވަރަށް އުފާވިއެވެ. އެއީ ގްރޭޑް
ހަތަކުން ފެށިގެން އޭނާ ކުރަމުން އައި އިންތިޒާރެކެވެ. އަވަސް އަވަހަށް ފައިލްތައް
ހުޅުވާ ބަލަމުން ދިޔައެވެ. "އަންބަރާ" ޖަހާފައިވާ ފައިލް ފެނުމާއެކު އެ
ފައިލް ހުޅުވާލިއެވެ. ޒީނާ އިނީ ޓެބްލެޓަށް ބަލާށެވެ.
"މިއީ މާމަ" އެ
އަޑުގައިވަނީ ރިހުމެވެ. އެކަން ނާޝްއަށްވެސް އެނގުނެވެ.
"އޭ! މާމައޭ.
ހިއެއްނުވޭ. ކީއްވެގެން މުންޑު އަނދެފަ މިތިބީ؟
މީ ކޮންތަނެއް؟ މިއީ ކޮންބައެއް؟" ހައިރާންވެ އިނދެ ނާޝް ސުވާލު ކުރިއެވެ.
***********
މާހަލަށް ވެރިވެފައިވަނީ
އުފާވެރިކަމެވެ. ހިތްގައިމު މިއުޒިކެވެ. އެކުވެރިންނާއި ރަޙުމަތްތެރިންގެ އަޑެވެ. ދެފަރާތުގެ
އާއިލާގެ މެންބަރުންގެ ހަރަކާތްތަކެވެ. މަޖާ ވާހަކަތަކެވެ. އުފާވެރި
ހިނިތުންވުމެވެ. އޭގެތެރޭގައި ސަރުކާރުގެ ބައެއް ޢިއްޒަތްތެރިންވެސް ތިއްބެވެ.
މާލޭގެ ބޮޑެތި އާއިލާތަކުގެ ބޭފުޅުންވެސް ހިމެނެއެވެ. ވަރަށް ފުރިހަމަ ކައިވެނި
ޕާޓީއެކެވެ. ޒީނާއާއި ޝިފާޒުގެ ކައިވެންޏަށް ރާއްޖޭގެ މީޑިއާގެ ސަމާލުކަން
ހުއްޓުނެވެ. ޕާޓީއަށް ދަރުބާރުގެ ތައްޔާރުކޮށްފައިވާ ގޮތުންނެވެ. ދަރުބާރުގެ
ތައްޔާރުކޮށްލާފައިވާގޮތުން ހީވަނީ ޖައްވީ ސްޓޭޝަނެއް ހެންނެވެ.
ޕާޓީ ނިމުނުގޮތަށް ދެ
އަރޫޝުން ދިޔައީ ކުޑަބޯހުރާ ރިސޯޓަށެވެ. އެއީ ޝިފާޒުގެ ބައްޕަ ދެއްވި އެ
ދެމަފިރިންގެ މާމުއިހަނދުގެ ދަތުރެވެ. ގިނައިރުތަކެއްގައި ކޮޅަށް ތިބެންޖެހުމާއެކު
ދެމީހުންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ރިސޯޓަށްގޮސް ކޮޓަރިއަށް
ވަނުމާއެކު ފުންމައިގެން އެރީ އެނދަށެވެ.
ޝިފާޒަށް ހޭލެވުނީ ބާރު
އަޑަކަށެވެ. ކުއްލިއަކަށް ބަލާލެވުނީ އެނދުގެ ކައިރީގައިހުރި ކުޑަ މޭޒަށެވެ. މޭޒުމަތީގައި
ހުރި ބިއްލޫރިފުޅި ބިންމައްޗަށް ބެއްޓިފައި އޮތެވެ. ކައިރީގައިހުރި ބިއްލޫރި ތަށި
އޮތީ މޭޒުމައްޗަށް ބަންޑުންވެފައެވެ. ޝިފާޒު ލޮލުގައި ދެއަތުން އުގުޅާލިއެވެ.
އޭނާއަށް ޤަބޫލުކުރަން ދަތިވީއެވެ. ޒީނާ އޮތީ ގަދަ ނިދީގައެވެ. އޭނާގެ އަތުން
ޖެހިފައި މޭޒުމަތީގައި ހުރި ފުޅިއާއި ބިއްލޫރިތަށި ވެއްޓުނުކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
ޝިފާޒު މަޑުމަޑުން ތެދުވިއެވެ. ކޮޓަރި ތެރެއަށް ފެތުރިފައިވާ ރަލުގެ ވަސް އޭނާއަށް
އުނދަގޫ ކުރަނީއެވެ. ކޮޓަރި ތެރެއިން ފެންނަމުންދާ މަންޒަރު އޭނާއަށް ޤަބޫލުކުރަން
ދަތިވަނީއެވެ. ޝިފާޒުވަނީ ފާޚާނާއަށެވެ.
ޒީނާއަށް ހޭލެވުމުން
ގަޑިއަށް ބަލާލިއެވެ. ހަވީރު ހަތަރެއް ޖަހަނީއެވެ.
"ޝިފާ" މޯޅިއަކަށް
ދެމިލަމުން ފުރަތަމަވެސް ޒީނާ ގޮވާލީ ޝިފާޒަށެވެ. އޭރު ފާޚާނާގެ ދޮރުވަނީ
ލައްޕާފައެވެ. ބިންމަތީގައި އޮތް ފުޅިނަގާ ޑަސްބިނަށް ވައްޓާލުމަށްފަހު ފާޚާނާއާ
ދިމާލަށް ހިނގައިގަތެވެ.
"ޒީނާ ތިއީ އަހަރެންގެ
އަނތްބެއްނޫން" ޒީނާގެ ލޯ ހުއްޓުނީ ފާޚާނާގެ ދޮރުފަތުގައި ހިއްޕާފައިވާ ކަރުދާސް
ގަޑަށެވެ. އޭނާއަށް އެ ގަޑުގައި ހިފާ ދަމައިގަނެވުމެވެ. އިރުގަޑަކު އެ ގަޑަށް ބަލަން
ހުރެވުނެވެ. މަޑުމަޑުން ފާޚާނާގެ ދޮރު ހުޅުވާލިއެވެ. ޝިފާޒެއް ފާޚާނާއަކު ނެތެވެ. އެނދުމަތީގައި
އިނދެގެން އެތައް ފަހަރަކު އެގަޑު ޒީނާ ކިޔެއެވެ.
މާލެ އައިސް ޝިފާޒު ހޯދަން
ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވާގޮތެއް ނުވިއެވެ. ޝިފާޒުމެންގެ މަންމައަށާއި
ބައްޕައަށްވެސް އޭނާގެ އެއްވެސް ޚަބަރެއް އެނގިފައެއް ނެތެވެ. ޒީނާގެ ވާހަކަތައް
އަހާފައި ޝިފާޒު ހޯދުމުގެ މަސައްކަތް އާއިލާއިން ފެށިއެވެ. ފުލުހުންނަށް އެކަން
ރިޕޯޓް ކުރިއެވެ. މާގިނަ އިރުތަކެއް ނުވަނީސް އެދުވަހު ޝިފާޒު ސްރީލަންކާއަށް
ދިޔަކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދިނެވެ. ދެ ފަރާތުގެ
އާއިލާ މީހުންވެސް ތިބީ ނޭނގުމެއްގެ ތެރޭގައެވެ. ހުރިހާ އެންމެންވެސް ގޯސްކުރަމުން
ގެންދިޔައީ ޝިފާޒެވެ. މައުސޫމް އަންހެން ކުއްޖަކަށް އޭނާ އެދިނީ ކިހާބޮޑު ލަނޑެއް
ހެއްޔެވެ؟ އެއީ މީހުން ކަންތައްތައް ކުރަންވެދާނެ ގޮތް ހެއްޔެވެ؟ ޝިފާޒުގެ
މަންމައާއި ބައްޕަވެސް ތިބީ ޝިފާޒު ކަންތައްތައް ކުރިގޮތުން ބަސް ހުއްޓިފައެވެ.
ޝިފާޒުގެ ޚަބަރެއް ނުވާތާ
ހަފުތާއެއްހާ ދުވަސް ފަހުން ޝިފާޒުގެ މަންމަގެ ފޯނަށް ލިބުނީ ބޭރުގެ ނަންބަރަކުން
އެސްއެމްއެސް އެކެވެ.
"މަންމާ ދެރަނުވޭ.
ހިތާމަ ނުކުރޭ. މަންމަގެ ޝިފާޒު ﷲގެ ރަޙުމަތްފުޅުން ގަދަވެ ހެޔޮހާލުގައި
އެބަހުރިން" އަނީސާގެ ހިތުގައި އުފެދުނީ ބައިވަރު ސުވާލެވެ. އޭނާގެ
ދަރިފުޅުވެސް ޖިހާދަށް ބޭރު ޤައުމަކަށް ދިޔައީ ނޫންބާވައޭ ހިތަށް އެރިއެވެ. އަވަސް
އަވަހަށް އައިސް ނަފީސަށް އެ މެސެޖް ދެއްކިއެވެ.
"ނަފީސް ބައްލައްވާ މި
އޮތީ ޝިފާޒުގެ މެސެޖެއް" އަނީސާގެ އަޑުގައިވަނީ ރިހުމެވެ. ޓީވީން ޚަބަރު
ބަލަން އިނދެގެން ފަރުވާކުޑަ ގޮތަކަށް
ނަފީސް އެ މެސެޖަށް ބަލާލިއެވެ. ނަފީސް ސޯފާގައި ހަމަޖެހިލިއެވެ. ފޯނު އަނީސާގެ
އަތަށް ދިނުމަށްފަހު ޓީވީގެ އަޑު ކުޑަ ތަންކޮޅެއް ބާރުކޮށްލިއެވެ. އަދި ޚަބަރަށް
ސަމާލުކަން ދިނެވެ. އަނީސާއަށް އިތުރު ހައިރާންކަމެކެވެ.
"އަނީސާ އިށީންދެބަލަ.
ފުލުހުން އެބައުޅޭ ދުއިސައްތައެއްހާ ޒުވާން ކުދިން ފަޅުރަށެއްގައި ޕާޓީ ކުރަނިކޮށް
ހައްޔަރުކޮށްގެން. އެތަނުގައި އެބަހުރި ޒީނާ" ނަފީސް ވާހަކަ ދެއްކީ
މަޑުމަޑުންނެވެ.
"ޒީނާއޭ" އަނީސާ
އިށީންނެވެ.
"އާނ އެއީ ޒީނާ"
މުންޑު އަންދުވާފައިތިބި އަންހެން ކުދިންގެ ތެރެއިން އަނީސާ އަށް ޒީނާ ފާހަގަ
ކުރެވުނެވެ. އަނީސާއާއި ނަފީސް އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. އެވަގުތު
އަނީސާގެ ފޯނަށް އަނެއްކާވެސް އެސްއެމްއެސް އެއް އައެވެ. އޭނާ ފޯނަށް ބަލާލިއެވެ.
"ޝިފާޒު"
އަނީސާއަށް ބުނެލެވުނެވެ. އަނީސާ ފޯނު ނަފީސް އަތަށް ދިއްކޮށްލިއެވެ. އެ
މެސެޖުގައި ހަނީމޫނުގެ ކަންތައްތައް ހިނގާދިޔަ ގޮތާއި ޒީނާ ވަރިކުރި ވާހަކަ
ލިޔެފައިއޮތެވެ. އަދި ކުއްލިއަކަށް މަންމައާއި ބައްޕައަށް އަންގާނުލައި ފުރައިގެން
އަންނަންޖެހުމުން މަޢާފަށްވެސް އެދިފައި އޮތެވެ.
"އެވަގުތު ޙަޤީޤަތް
ހާމަކޮށް މަންމައާއި ބައްޕަގެ ކުރިމައްޗަށް ދާހާ ހިތްވަރު ނުލިބުނީ. އިރާދަ
ކުރެއްވިޔާ މާދަމާ އަޅުގަނޑު މާލެ ދާނަން" މެސެޖް ނިންމާލަމުން ޝިފާޒު ލިޔެފައި އޮތެވެ.
***********
"ކީއްވެގެން މުންޑު
އަނދެފަ މިތިބީ؟ މީ ކޮންތަނެއް؟ މިއީ ކޮންބައެއް؟" ނާޝް ސުވާލުތައް
އަނެއްކާވެސް ތަކުރާރު ކުރިއެވެ. އެއަޑަށް ޒީނާގެ މާޒީގެ ޙިޔާލުގެ ތަސްވީރު
ބުރިވެގެން ދިޔައެވެ.
"މާމާ އަންބަރާ މީ
ކޯއްޗެއް؟" ޒީނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ދެންވެސް ސުވާލުކުރީ
ނާޝް އެވެ. ޒީނާ ބޭނުންވީ އެ ވާހަކަ ކިޔައިދޭށެވެ. ހަޔާތުގެ އެ ޞަފްޙާ ހަމައެކަނި ހުރި
މާމަ ދަރިފުޅުގެ ކުރިމަތީގައި ކަޝްފުކޮށްލަ ދޭށެވެ.
"އަންބަރާއަކީ
ވ.އަތޮޅުގައި އޭރު އޮތް ފަޅުރަށެއް. މިހާރު އެރަށް އެއޮތީ އެ އަތޮޅުގައި އޮންނަ
ފްލޯޓިންގ ގޮލްފް ކޯސް އާ ގުޅާލާފަ. މި ފޯލްޑާގައި މިހިރަ ފޮޓޯތަކަކީ އަންބަރާއަށް
މާމަދިޔަ ދަތުރެއްގެ ފޮޓޯތައް. އޭރު އެންމެ ބާރަށް ދެކެވުނު ވާހަކައަކީ މިއީ"
ޒީނާ ލަސްލަހުން ކިޔައިދެމުން ގެންދިޔައެވެ.
ފޯލްޑަރގައި
ހުރި ފޮޓޯތަކުގައިވަނީ ނިވައިކަން ކުޑަ މަންޒަރުތަކެކެވެ. އަންހެން ކުދިންނާއި
ފިރިހެން ކުދިން ގައިގޯޅިކޮށް އުޅެމުންދަނިކޮށް ނަގާފައިވާ ފޮޓޯތަކެކެވެ. ބައެއް
މީހުން މަސްތުވާ ތަކެތިން ބޭނުންކުރަން ތިއްބާ ނަގާފައިވާ ފޮޓޯވެސް ހުއްޓެވެ. ގިނަ
ފޮޓޯތައް ވަރަށް ސާފެވެ. އެ ފޯލްޑަރގައި ވީޑިއޯ ކްލިޕްވެސް ހުއްޓެވެ.
"މިރަށުގައި
ނަގާފައިވާ އެއްވެސް ފޮޓޯއެއްގައި މާމައެއް ނެތް. ކީއްވެ މާމަ ނެތީ" ނާޝް
ސުވާލު ކުރިއެވެ.
"މާމައެއް
ނުހުންނާނެއެއްނުން. މާމައޭ ތިޔަ ފޮޓޯތަކާއި ވީޑީއޯތައް ނެގީ. މާމަ ހުންނާނީ
ކޯޓަށް ގެނައި ދުވަސް ތަކުގައި ނަގާފައިވާ ފޮޓޯތަކުގައި އެކަނި" ޒީނާ
ބުނެލިއެވެ. ޒިނާ ފޮޓޯގައި އަތް ޖައްސާލައި ޒޫމް ކޮށްލިއެވެ.
"މާމަގެ
އަތުގައި ބިޑިވެސް އަޅާފަ މިހިރީ" ނާޝްގެ މޫނުމަތިން އުފާވެރިކަން
ކުއްލިއަކަށް ގެއްލުނެވެ. އޭނާ ޒީނާގެ މޫނަށް ބަލާލިއެވެ. ޒީނާ އިނީ
އިސްޖަހާލައިގެންނެވެ. މާމަގެ އަތުގައި ބިޑިއަޅާފައިވާތަން ފެނުމުން ނާޝް ވަރަށް
ކަންބޮޑުވިއެވެ. މާމައާމެދު ނާޝް މިއޮތް ހުރިހާ ދުވަހަކުވެސް ދެކެމުންއައީ އެއީ
ވަރަށް ރަނގަޅު ޞާލިޙު މާމައެއް ކަމުގައެވެ. އެހެންނަމަވެސް މިއަދު އޭނާގެ
ކުރިމަތީގައި ޙަޤީޤަތް މިހިރީ ފޮޓޯއިން ފެންނާށެވެ. ނާޝްގެ މޫނުމަތީގެ ކުލަ ދިޔައީ
ބަދަލުވަމުންނެވެ. އޭނާ ބޭނުންވީ ތެދުވެގެން ދާށެވެ. އެވަގުތު ޒީނާ އޭނާގެ އަތުގައި
ހިފިއެވެ. މާމަގެ ރޫޖެހިފައިވާ އަތުގެ ކުރަހި ހަންގަޑަށް ނާޝް ބަލަހައްޓައިގެން
ހުއްޓެވެ. ދެން ބަލާލެވުނީ މާމަގެ މޫނަށެވެ. ވަޅުވަދެފައިވާ ދެލޮލުގައި
ގިނަވަމުންދިޔަ ކަރުނަތައް ފެނުމުން ނާޝްގެ ގަޑުވެފައިވާ ހިތް ވިރެންފެށިއެވެ.
"އަންބަރާ
ހާދިސާއަކީ މި އިސްލާމީ ޤައުމަށް ލިބުނު އިންޒާރެއް. ޤައުމުގެ ޒުވާނުންނަށް ލިބެމުންދިޔަ ތަޢްލީމާއި
ތަރިބިއްޔަތު ރަމްޒު ކޮށްދިން ހާދިސާއެއް. އެއީ ފުލުހުން ހިންގި ތަޢްރީފު ޙައްޤު
ދިވެހިން ނިދިން ހޭލައްވާލި އޮޕަރޭޝަނެއް. އެ އޮޕަރޭޝަން އެހާ ކާމިޔާބުކަމާއެކު
ފުލުހުންނަށް ހިންގުނީ މާމަ ފޯރުކޮށްދިން މަޢުލޫމާތުތަކުގެ ސަބަބުން" ޒީނާ
ވާހަކަ މެދުކަނޑާލިއެވެ.
"މާމައާއި
ފުލުހުންނާ އޮތީ ކޮން ގުޅުމެއް. ދެން ކީއްވެ މާމަ އަތުގައި އެމީހުން ބިޑިއެޅީ"
ނާޝް އަނެއްކާވެސް ސުވާލު ކުރިއެވެ.
"ތީތާ
މައްސަލައަކީ. ދަރިފުޅުވެސް މާމައާމެދު ހިތްހަމަނުޖެހުނު ކަމަކީ. ދަރިފުޅާ
އެކަމަކާ މާމަގެ އެއްވެސް ޝަކުވާއެއްނެތް. ނޫސްތަކާއި ޓީވީތަކުން މާމަގެ ފޮޓޯތައް
ދައްކާ ހެދުމުން މާމަގެ އަބުރު ގެއްލިގެން ދިޔަ. މާމައަކީ އެހެން މީހުން ދަންނަ
މަޝްހޫރު އާއިލާއެއްގެ މީހަކަށް ވީތީ މާމަގެ ނަފްސު ކުށަކާ ނުލައި ގަތުލު ކުރަމުން
ދިޔަ." ޒީނާއަށް ވާހަކަ ދައްކަން އުދަގޫވިއެވެ.
"އޭރު
ކާފަކޮބާ؟ އަނެއްކާ އޭރު އުޅެނީ ކާފައާ މެރީ ކޮށްގެން؟" ނާޝް
ބޭނުންވީ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާށެވެ. ޒީނާ ބަލާލީ
ނާޝްގެ މައުސޫމް ދޮންދޮން މޫނަށެވެ.
"މިހުރިހާ
ވާހަކައެއް މި ދަރިފުޅަށް ހަމަ ކިޔައިދޭންވީބާ؟" ޒީނާ ހިތާހިތުން ކިޔާލިއެވެ.
އިރުކޮޅަކު ނާޝްގެ މޫނަށް ބަލަން އިނދެފައި ޒީނާ ވާހަކަ ދައްކަން ފެށިއެވެ. ޒީނާ
ވާހަކަ ފެށީ ޝިފާޒު އާއި އޭނާގެ ދެތިން މަހެއްވީ ލޯބީގެ ކުރު ޙަޔާތަށް ފަހު ކުރި
ކުއްލި ކައިވެނީގެ ވާހަކައާ ހަމައިންނެވެ.
"އޭރު
މާމައަކީ މުޅި މާލޭގައިވެސް ނަންހިގާ އެންމެ ރީތި އެކަކަށް ކިޔާނެ. އޭރު މާމައަކީ
ހަވާނަފްސުގެ އަޅެއް. ދީނީ ކަންތައްތަކަކީ ސަމާލުކަން ދެވޭކަން
ކަންތައްތަކެއްނޫން. މާމަ ކާފައާ އިނީ އެހާ ލޯތްބަކުން ނޫން. އެކަމަކު ކާފަ މާމަ
ދެކެ ވަރަށް ލޯބިވާނެ. މާމަގެ ކުރިމަތީގައި އޭރު އޮތީ ހަމައެކަނި ކާފަމެންގެ
ޢާއިލާގެ މުއްސަދިކަން. އެހެންނަމަވެސް ކާފަގެ ސަބަބުން މާމަގެ ދިރިއުޅުން
އެއްފުށުން އަނެއްފުށަށް ޖަހާލި." ޒިނާގެ އަޑުގައި ފަހަރަކަށްވުރެ ފަހަރެއް
ރިހުން ދިޔައީ ގަދަވަމުންނެވެ.
"އެދުވަހު
ރިސޯޓް ފާޚާނާގެ ދޮރުގައި ނޯޓެއް ތަތްކޮށްފައި ކާފަ ފުރައިގެން ދިޔައީ. އެނޯޓުގައިހުރި ވާހަކަތައް ކިޔާފައި މާމައަށް
ވަރަށް އަސަރުކުރި. އަދި އެރޭގެ ފަހުން މާމަގެ ހިތުގައި ބޮޑު ބިރުވެރިކަމެއް
އުފެދުނީ. ކާފަ އަތުގައި އެރޭގެ ފޮޓޯއާއި ވީޑިއޯ ހުރެދާނެ ކަމުގެ ބިރުވެސް އޮތް.
އެހުރިހާ ބިރުވެރިކަމެއްގެ ތެރޭގައި ހާސްވެ ކަންބޮޑުވެފައި ހުއްޓާ ލަންކާގައި
ހުރެފަ ކާފަ ގުޅީ. މާމަބުނީ ކާފަ ނޯޓުގައި ލިޔެފައިވާގޮތަށް ތަޢުބާވެ ޙައްޤުގެ
މަގަށް ރުޖޫޢަ ވެއްޖައިމޭ. އެހެންކިޔާ ދެއްކި ވާހަކައިގެ ތެރޭގައި އަންބަރާ
ދަތުރަށް ބަޔަކު ތައްޔާރުވާކަމާއި އެ ދަތުރުވެސް ނުދަން ނިންމައިގެން ހުރިކަމަށް
ބުނީ. ކާފަބުނީ ތިވާހަކަ ޤަބޫލުކުރާނީ އެ އެންމެން ބަސްޓް ކޮށްލީމައޭ. އެހެންވެ
ފުލުހުންނަށް ރިޕޯޓްކޮށް ފުލުހުންނަށް އެހީވެގެން އެކަން ބަސްޓް ކޮށްލީ.
އެކަމަކު" ޒީނާގެ އަޑު ބެދުނެވެ.
"ދެން
ކިހިނެއްވީ" ނާޝް އެހިއެވެ.
"
އެ ދަތުރުގައި ލަންކާއިން މާލެ އަންނަން އެއަރޕޯޓަށް ދަނިކޮށް ހިނގި
އެކްސިޑެންޓެއްގައި ކާފަ ނިޔާވީ. ދަރިފުޅުގެ މަންމައަށް ވަލިވެއިންކަން މާމައަށް
އެނގުނީ އަންބަރާ މައްސަލައިގައި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް. ފުލުހުން، މާމައަށް
ހިމާޔަތް ދޭން ބޭނުންވިޔަސް މާމައަށް ޤާނޫނީ ގޮތުން އެ ރައްކާތެރިކަން
ލިބޭގޮތެއްނުވި. އެހެންކަމުން މިއަދާ ހަމައަށްވެސް މާމައަކީ އަބުރު ގެއްލިފައިވާ
މީހެއް" ޒީނާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. ނާޝް މާމަގެ ކަރުނަތައް ވަރަށް
ލޯބިން ފޮހެލަދިނެވެ. (ނިމުނީ)
Friday, October 25, 2013
ނ. އަތޮޅުގެ ތާރީޚް: މަނަދޫ ބައްތެލީގައި ވަޒީރުލް މަޢާރިފް މަނަދުއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު
Wednesday, October 23, 2013
ޤައުމު ރޮނީ އެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟
Friday, October 18, 2013
ކުޑައިރުގެ ހަނދާނެއް: ފެންވަރާ ސައިބޯނި
Sunday, June 16, 2013
ހިކުމަތްތެރިންގެ ބަސް
Saturday, June 1, 2013
ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުން
މަގޭ ވޯޓް
އިސްތިރި : ލޯބިޖައްސާ ސިހުރު
Thursday, May 16, 2013
ކާރިސާއަކުން ލިބިދާނޭ ގެއްލުން ކުޑަކުރުމުގެ ދާއިރާގައި ބޭނުންކުރާ އިސްތިލާހުތައް
Saturday, April 27, 2013
ދިވެހި ދައުލަތުން މެޑެލާއި ޢިއްޒަތް މިހާތަނަށް އަރުވާފައިވާ ބޭފުޅުން
![]() |
2011ވަނަ އަހަރު ދައުލަތުން ޢިއްޒަތް އެރުވި ބޭފުޅުން |
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...